އެޗްޑީސީ 2024ގެ އޮޑިޓް ނިއުޅާލުން | ގޯތި ބަހާލުމުން ގެއްލުން
ޖުމްލަ އެސެޓަށް ބަލާއިރު އެޗްޑީސީގައި 45 ބިލިއަން ރުފިޔާގެ އެސެޓް އެބަހުއްޓެވެ. ނަމަވެސް ކުންފުނި ހިންގުމުގައި ހުރި މައްސަލަތަކާއި ބަދަލުވާ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެޗްޑީސީއަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މިގޮތުން އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި 2024 ގެ އޮޑިޓް ރިޕޯޓް ދައްކާ ގޮތުން ގޯތިތައް ބަހާލުމުގެ އެޗްޑީސީއަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ލިބެން ޖެހެ ފައިސާގެ ބޮޑު އަދަދެއް އޮތްކަން ހިސާބު ފޮތުން އެނގެން އެބައޮތެވެ.
ޖުމްލަ އެސެޓަށް ބަލާއިރު އެޗްޑީސީގައި 45 ބިލިއަން ރުފިޔާގެ އެސެޓް އެބަހުއްޓެވެ. ނަމަވެސް ކުންފުނި ހިންގުމުގައި ހުރި މައްސަލަތަކާއި ބަދަލުވާ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އެޗްޑީސީއަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މިގޮތުން އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި 2024 ގެ އޮޑިޓް ރިޕޯޓް ދައްކާ ގޮތުން ގޯތިތައް ބަހާލުމުގެ އެޗްޑީސީއަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ލިބެން ޖެހެ ފައިސާގެ ބޮޑު އަދަދެއް އޮތްކަން ހިސާބު ފޮތުން އެނގެން އެބައޮތެވެ.
އެޗްޑީސީގެ އޮޑިޓް ދައްކާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ލިބެން ޖެހޭ ފައިސާގެ ގޮތުގަ 10 ބިލިއަން ރުފިޔާ އެބަހުއްޓެވެ. ނަމަވެސް 2024 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 12.1 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެހެންކަމުން، މި ދެ އަހަރުގެ ދެމެދުގައި އެޗްޑީސީއަށް ލިބެންޖެހޭ ލޯނާއި އެހެނިހެން ފައިސާގެ ޖުމްލަ އަދަދު ވަނީ 2.1 ބިލިއަން ރުފިޔާ އިން އިތުރުވެފައެވެ.
ލިބެން ޖެހޭ ފައިސާ ދެ ދެ ބައެއް
ދިގު މުއްދަތުން ލިބެންޖެހޭ ފައިސާ - 2023 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 10 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ކުރު މުއްދަތުން ލިބެންޖެހޭ ފައިސާ ނުވަތަ އެއް އަހަރުތެރޭ ލިބެން ޖެހޭ ފައިސާ - 2023 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރު މި އަދަދު 1.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަހާލި "ގޯތި" ތަކުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ހުލާސާއެއް ވެސް ހިމެނެ އެވެ. މިގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އެޗްޑީސީ އަށް 2.13 ބިލިއަން ރުފިޔާ ލިބެންޖެހެއެވެ. ނަމަވެސް މިއީ މިއީ 2023 ވަނަ އަހަރު ނިމުނުއިރު އެ ބިންތަކަށް ލިބެންޖެހޭ ކަމަށް އޮތް 3 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މި ރިޕޯޓުން ހާމަވާ ހަގީގަތަކީ އެޗްޑީސީގެ އާމްދަނީއަށް ވަނީ ބޮޑު އަސަރެއްކޮށްފަ އެވެ. އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.53 ބިލިއަން ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 6.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށްވުމެކެވެ. އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ބިމާއި އިމާރާތް ވިއްކައިގެން ލިބުނު އާމްދަނީ ދަށްވުމެވެ.
މިގޮތުން 2023 ވަނަ އަހަރު މި ބައިން 5.89 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 2.81 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. މީގެ އިތުރުން ޑިވެލޮޕްމަންޓް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީ އަށް އަސަރު ކުރުމަކީ ވެސް މީގެ ސަބަބެކެވެ. މިގޮތުން 2023 ވަނަ އަހަރު 57 މިލިއަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު ލިބުނީ 50 މިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީ 6.5 ބިލިއަނުން 3.5 ބިލިއަނަށް ވެއްޓެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކުންފުނިން ބިން ނުވަތަ ފްލެޓް / އިމާރާތް ވިއްކި މިންވަރު 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ވަރަށް ބޮޑަށް މަދުވުމެވެ. ފާހަގަކޮށްލެވޭ ކަމަކީ، ވިއްކައިގެން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ. އެގޮތުން 2023 ވަނަ އަހަރު ކުލީގެ ގޮތުގައި 578 މިލިއަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު ކުލީގެ އާމްދަނީ ވަނީ 670 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެޗްޑީސީގެ މާލީ އުސް އަލިތައް
ޖުމްލަ އާމްދަނީ - 3.5 ބިލިއަން
ޖުމްލަ ފައިދާ - އެއް ބިލިއަން ރުފިޔާ
ހިންގުމުގެ ފައިދާ - ދެ ބިލިއަން ރުފިޔާ
ޓެކްސް ކެނޑުމުގެ ކުރިން ލިބުނު ފައިދާ- 2.3 ބިލިއަން
ޓެކްސް ކެނޑުމަށްފަހު އަހަރުގެ ސާފު ފައިދާ - ދެ ބިލިއަން ރުފިޔާ
ޖުމްލަ މުދާ - 45 ބިލިއަން ރުފިޔާ
ޖުމްލަ ދަރަނި - 14 ބިލިއަން ރުފިޔާ
ޖުމްލަ އިކުއިޓީ - 30 ބިލިއަން ރުފިޔާ
ރަނގަޅު ކުރަން އޮޑިޓަ ޖެނެރަލް ދެއްވި ލަފާ
އާމްދަނީ ބަލައިގަތުން - އެޗްޑީސީން ބިން ވިއްކުމާއި، ކުއްޔަށް ދިނުމާއި، ޑިވެލޮޕްމަންޓް ރައިޓްސް ވިއްކުން ފަދަ ތަފާތު ގޮތްގޮތަށް އާމްދަނީ ހޯދާއިރު، އެ އާމްދަނީ މާލީ ހިސާބުތަކުގައި ހިމަނާނެ ވަގުތު ކަނޑައެޅުމަކީ އުނދަގޫ އަދި މެނޭޖްމަންޓުގެ ނިންމުންތަކަށް ބަރޯސާވާ ކަމަކަށް ވާތީ، އެކަން މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދީފައިވެ އެވެ.
އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގުކުރުން - ކުންފުނީގެ ބިންތަކާއި އިމާރާތްތަކުގެ ފެއަރ ވެލިއު (25.6 ބިލިއަން ރުފިޔާ) ކަނޑައަޅަނީ މިނިވަން ވެލުއަރއެއް މެދުވެރިކޮށެވެ. މި އަގުތައް ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކަށް (ކުލި ލިބޭނެކަމަށް ލަފާކުރާ މިންވަރު ފަދަ ކަންކަމަށް) ކުޑަ ބަދަލެއް އައި ނަމަވެސް މާލީ ހިސާބުތަކަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.
ލޯނާއި ލިބެންޖެހޭ ފައިސާ ހޯދޭނެކަން ކަށަވަރުކުރުން - ކަސްޓަމަރުންނަށް ދޫކޮށްފައިވާ ލޯނުތަކާއި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިދާނެކަމަށް ބަލައި ހަދާ ޕްރޮވިޝަން (1.3 ބިލިއަން ރުފިޔާ) ހެދުމުގައި މެނޭޖްމަންޓުން ބޭނުންކުރާ އަންދާޒާތަކަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް