އީގަލްސް ހިލްސްގެ މަޝްރޫއު ނަޝީދަށް ރަނގަޅު
ނަޝީދު ވިދާޅުވީ އީގަލް ހިލްސް އާއި ސަރުކާރު ދެމެދު ވެވޭ އެއްބަސްވުންތަކުގެ ތަފްސީލް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެއީ ރަނގަޅު މަޝްރޫއެއް ކަމަށެވެ.
ރަސްމާލޭގައި ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކުރި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއަކީ އުސޫލެއްގެ ގޮތުން ރަނގަޅު މަޝްރޫއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އީގަލް ހިލްސް އާއި ސަރުކާރު ދެމެދު ވެވޭ އެއްބަސްވުންތަކުގެ ތަފްސީލް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެއީ ރަނގަޅު މަޝްރޫއެއް ކަމަށެވެ.
"އަޅުގަނޑު މިއީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަށް ތާއީދުކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން އިތުރުވެގެންދާނީ. ރައްޔިތުން މި ބޭނުންވަނީ ތަނަވަސްކަން. ރައްޔިތުން މި ބޭނުންވަނީ އުފާވެރިކަން، ރައްޔިތުން ބޭނުންވަނީ ހާސްކަމެއް ނެތުން، ބޯހިޔާވަހިކަމެއް ލިބުން، ވިޔަފާރީގެ ފުރުސަތެއް އޮތުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަޝްރޫއަށް ތާއީދު ކުރުމަކީ އެމްޑީޕީގެ ސްޓޭންޑްތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ސެންޓާ ރައިޓް ޕާޓީއެކެވެ. އެހެންވެ ޕްރައިވެޓައިޒޭޝަނާއި ބޭރުގެ އިންވެސްޓްމެންޓް ގެނައުމަށް އެ ޕާޓީން ތާއީދުކުރާނެ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ނަޝީދު ކުރެއްވީ އެންމެ ޝަކުވާއެކެވެ. އެއީ އެފަދަ ބޮޑު މަޝްރޫއެއް މާލެ ސަރަހައްދުގައި ހިންގުމެވެ.
ނަޝީދު ވިދާޅުވީ އަނެއްކާވެސް އެފަދަ މަޝްރޫއެއް މާލެ ސަރަހައްދަށް ގެނައުމުން ތޮއްޖެހުން ބޮޑުވެ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް