ހަބަރު

އެޗްޑީސީން 7 ރަށެއްގައި އައްޓް ޑޯ ޖިމް ހަދައިފި

މިއީ ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރާ މަސައްކަތެއް

27 September 2026
އެޗްޑީސީން ރަށެއްގައި ގާއިމް ކޮށްފައިވާ އައުޓް ޑޯ ޖިމެއް--ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ރަށެއްގައި ގާއިމް ކޮށްފައިވާ އައުޓް ޑޯ ޖިމެއް--ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމް ނިންމާލައިފި އެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތަކީ ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށެވެ.

ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖިމްތައް ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ ވަސީލަތްތަކާއެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އައުޓްޑޯ ޖިމް ގާއިމް ކުރި ރަށްތައް

  • އއ. ފެރިދޫ

  • އއ. އުކުޅަސް

  • އދ. ދިގުރަށް

  • އދ. ފެންފުށި

  • އދ. މާމިގިލި

  • އދ. މަންދޫ

  • ބ. ގޮއިދޫ

އެޗްޑިސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ސީއެސްއާރުގެ ދަށުން މުޖްތަމައު އަށް ފައިދާ ހުރި އެފަދަ އިތުރު މަޝްރޫއުތައް ވެސް ކުރިޔަށް ގެންދިޔުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް