ހަބަރު

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް

އެއީ އަމިއްލަ ދަތުރުފުޅަކަށް ވާތީ އިތުރު ތަފްސީލެއް އަދި ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން ނުބުނެ އެވެ.

27 September 2026
ރައީސްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނަވަނީ--ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނަވަނީ--ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ސިންގަޕޫރަށް ފުރައިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެއީ އަމިއްލަ ދަތުރުފުޅަކަށް ވާތީ އިތުރު ތަފްސީލެއް އަދި އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ނުބުނެ އެވެ.

މީގެ ކުރިން ވެސް ރައީސް ވަނީ އެމަނިކުފާނުގެ އާއިލާއާއެކު އެކި ފަހަރުގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް