ހަބަރު

ޑްރަގް އެތެރެކުރަން އުޅުނު ދެ މީހަކު 3 ދުވަހަށް ބަންދު

އެ މީހުންނަށް ކުރަނީ މަސްތުވާތަކެތި ހުރި ޕެކެޓުތަކެއް ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތު

27 September 2026
ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލާފައިވާ މަސްތުވާތަކެތި--ފޮޓޯ: ޕޮލިސް
ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލާފައިވާ މަސްތުވާތަކެތި--ފޮޓޯ: ޕޮލިސް

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ތިން ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ނޭޕާލްގެ 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ބަންދު އަމުރުގައި ބުނެފައި ވަނީ އެ ދެ މީހުންގެ ހަށިގަނޑުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ބަރުދަނެއްގެ މަސްތުވާތަކެއްޗެއް ކަމެއް އެ އަމުރުގައި ނެތެވެ.

އެ މައްސަލައިގެ އަޑުއެހުން އިއްޔެ ކުރިޔަށް ދިޔަ އިރު އެ ދެ މީހުންނަށް ފަރުވާދެމުންދާތީ އަޑުއެހުން ކުރިޔަށް ގެންދިޔައީ އެ މީހުންގެ ޣައިރު ހާޒިރުގަ އެވެ. 

ކްރިމިނަލް ކޯޓުން ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖެހުމަށް ފަހު ދެ މީހުންގެ ސިއްހީ ހާލަތު ރަނގަޅުވުމުން ކޯޓަށް ހާޒިރު ކުރުމަށް އެނގި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް